Skip to main content

ޚިދުމަތްތެރި މުދައްރިސެއް...

އަޙުމަދު ރަޝީދަކީ ހއ.އިހަވަންދޫ ޖާމީލާ އާދަމް އާއި މުހައްމަދު ޔޫސުފް (ސިއްތި ތުއްތު) ގެ ހަތަރު ވަނަ ދަރިފުޅެވެ. އެދެމަފިރިންނަށް ހަތް ދަރިން ލިބިފައިވައިރު އެ އާއިލާގެ ހަމައެކަނި ފިރިހެންދަރިފުޅަކީ އަޙްމަދު ރަޝީދެވެ. ދެން ތިބެނީ ހުސް އަންހެންދަރިންނެވެ. އަޙްމަދު ރަޝީދު އުފަންވެ ވަޑައިގަތީ 5 ފެބުރުއަރީ 1974 ގައެވެ. އެރަށުގައި އަޙްމަދު ރަޝީދު
މަޝްހޫރު ވެފައިވަނީ ދޮންބެގެ ނަމުންނެވެ.


އަޙްމަދު ރަޝީދު ތުއްޕުލުއިރު ހޭދަކުރެއްވީ އޭނަގެ މަންމަ އާއި ބައްޕަގެ ކައިރީގައި 'ވަދުންގެ' ގޭގައެވެ. ތުއްޕުޅު އިރުވެސް ކިޔެވުމަށް ޝައުޤުވަރިކަމެއް ހުންނަ ދޮންބެގެ ފުރަތަމަ އެދުރު ދައިތަ އަކީ ހއ އިހަވަންދޫ ފެމޯރާގޭ ވަފިއްޔާއެވެ. އެއި ދޮންބެގެ ޤުރުއާން އެދުރު ދައިތައެވެ. ވަފިއްޔާ ދައިތަގެ ކައިރިން ދޮންބެ 'އަލިފު ބާ' ދަސްކުރުއެވެ. އެއަށްފަހު ދޮންބެ އެހެން އެއްޗެހިވެސް ދަސްކުރަން ފެއްޓެވިއެވެ. ދޮންބެއްށް އެންމެ ފުރަތަމަ ހިސާބު އިލްމު އުގަންނަވައިދެއްވީ ހއ އިހަވަންދޫ އިރާމާގޭ ޒާހިރާ އަބުދުއް ސަމަދެެވެ. އަދި އެރަށު ގިރިޓީގޭ ހައްވަ ދައިތަގެ ކައިރިން އިތުރަށް ޤުރުއާން އުގަންނަވަން ފެއްޓެވިއެވެ. ދޮންބެ އަކީ ކުޅިވަރަށްވެސް ވަރަށް ބޮޑު ޝަޢުގެއް ހުންނަ މިހެކެވެ. އެގޮތުން ދޮންބެގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ ހއ އިހަވަންދޫ ގިރިޓީގޭ އަބުދުއް ސަމަދާއެކީ ދޮންބެގެ އެންމެ ގަޔާވާ ކުލިވަރުކަމަށްވާ ފުޓުބޯޅަ ކުޅެން ދުރުވިެއވެ. އަދި ދޫނި ހިފުމަކީވެސް ދޮންބެ ވަރަށް ކުރާހިތްވާ ކަމެކެވެ.

ކުޑައިރުންސުރެންވެސް ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ ދޮންބެ ދެން ދާންފެށީ މަދަރުސާތަކަށެވެ. އެންމެ ފުރަތަމަ މަދަރުސާއަކީ އިހަވަންދޫ މަދަރުސާއެވެ. އުމުރުން އަށް އަހަރުގައި އެމަދަރުސާއިން 'ސުޕެސިއަލް ކުލާސް' އެކެއް، ދޭއް، ތިނެއް ފުރިހަމަ ކުރެއްވިއެވެ. އަދި ގުރޭޑް ކުލާސްތަކަށް ދިއައެވެ. އިހަވަންދޫ މަދަރުސާއިން ގުރޭޑް ހައެކާ ހަމައަށް ކިޔެވުމަށްފަހު އެސުކޫލުން ކެނޑި އެއަތޮޅު ހޯރަފުއްޓަށް ދާން ނިންމިއެވެ. ނަމަވެސް އެވްރެޖް ނަތީޖާ ދަށްވުމުގެ ސަބަބުން އެސުކޫލަށް ނުވަދެވުމުން އަނެއްކާ އިހަވަންދޫ މަދަރުސާއާ އަލުން ގުލުނެވެ.

ކިޔެވުމަށްޓަކައި މާލެ ދިޔުމަކީ ދޮންބެގެ ވަރަށް ބޮޑު ހުވަފެނެކެވެ. ނަމަވެސް އެއާއިލާގައި ހުރި ހަމައެކަނި ފިރިހެންދަރުފުޅަށް ދޮންބެ ވުމުގެ އިތުރުން އެވަރުގެ ފުދުންތެރިކަމެއް ނެތުމުގެ ސަބަބުން ދޮންބެ މާލެ ފޮނުވަށް ބައްޕަމެން ނުރުހުނެވެ. ނަމަވެސް ދޮންބެގެ އެދުމުގެ މަތިން ދޮންބެ ބައްޕަގެ ވަރަށް ގާތް ރަހްމަތްތެރިއެއްގެ އެޙީތެރިކަމާއެކީ ކިޔެވުމަށްޓަކައި މާލެ ދުރުވިއެވެ. ދޮންބެ ވަނީ، މާލޭގެ އަހްމަދިއްޔާ ސުކޫލުން، އުމުރުން 14 އަހަރުގައި ގުރޭޑް 6 އަކުން ފެށިގެން ގުރޭޑް 10 އަކާ ހަމައަށް ނިންމާފައެވެ. މިދުވަސްވަރު ދޮންބެ ވަނީ އެ ސުކޫލްގެ ޤުރުއާން މުބާރާތްތަކުން އެއް ވަނަ އަދި ދެވަނަ ފަދަ ރަންވަނަ ތަކެއް ހޯދާފައެވެ. މިހާ ހިސާބުން ދޮންބެގެ މަދަރުސީ ހަޔާތް ނިންމަވާއިލެއްވިއެވެ. މަދަރުސީ ހަޔާތް ނިންމަވާލެއްވި އިރު ދޮންބެ ވެގެން ގޮސްފައިވަނީ ރަށުގައި "އޯ ލެވެލް" ހެދި މަދު މީހުންގެ ތެރެއިން އެކަކަށެވެ.

1997 ގައި ދިރާސަތުލް އިސްލާމިއްޔާއިން ފުރަތަމަ ފަހަރަށް އިސްލާމް ކޯހެއް ދޮންބެ ހަދަން ފެއްޓެވިއެވެ. ނަމަވެސް ދޮންބެގެ ލޮބުވެތި ބައްޕަ ވަރަށް ބޮޑަށް ބަލިވުމާއި ގުޅިގެން، ބައްޕައަށް އެހީ ވުމަށްޓަކައި ކޯސް ނުނިމެނީސް ކޯހުން ކެނޑި އަނބުރާ ރަށަށް އައެވެ. 1998 ގައި ރަށަށް އައުމަށްފަހު، އިހަވަންދޫ މަދަރުސާގެ ވަގުތީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެއްޓެވިއެވެ. އެއިރު މުސާރެއް ގޮތުގައި ލިބެނީ އެއްމެ 1100 ދިވެހި ރުފިޔާއެވެ. އެއަށް ފަހު 1998 ގައި އެސިސްޓެންޓް ޓީޗަރެއްގެ މަޤާމަށް ބަދަލުވިއެވެ. އެއިރު މުސާރެއްގެ ގޮތުގައި 1400 ރުފިޔާ ލިބުނެވެ.

ވަޒީފާގައި އުޅެމުން 2000 ވަނަ އަހަރު 'ފެކަލްޓީ އޮފް އެޑިއުކޭސަނުން' ހިންގި ސާނަވީ އިސްލާމް މުދައްރިސްގެ ކޯހަށް ދޮންބެ ވަޑައިގަތެވެ. އެ އެއް އަހަރުގެ ކޯސް 2001 ގައި ނިންމަވާލިމަށްފަހު ރަށަށް ވަޑައިގެން އަނެއްކާވެސް މަދަރުސާ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. މުދައްރިސެއްގެ ގޮތުގައި ދޮންބެ ފުރަތަމަ ކިވައިދެއްވީ އިޖްތިމާޢީ އިލްމާއި، ހިސާބު އަދި އިސްލާމެވެ. އެއިރު އިހަވަންދޫ މަދަރުސާގައި ގްރޭޑް 8 އުފެއްދުމަށް ދޮންބެ ވަރަށް ބޮޑު މަސައްކަތްޕުލެއް ކުރެއްވިއެވެ. އެގޮތުން ދޮންބެގެ ބުރަ މަސައްކަތާއެކު އެމަދަރުށަގައި ގުރޭޑް 8 އުފެދުނެވެ. ދޮންބެވަނީ ގުރޭޑް 8 ކަށް ކޮމާރސް ތިން މާއްދާކަމުގައިވާ 'އެކައުންޓިންގ'، 'އެކޮނޮމިކްސް' އަދި ކޮމާރސް ކިޔަވައިދެއްވާފައެވެ. އެއަށްފަހި ދޮންބެވަނީ މަތީ ސާނަވީ އާށް އިސްލާމް ކިޔަވައިދެއްވަން ފައްޓަވައިފައެވެ.

ދޮންބެގެ ހިތްވަރުގަދަ ބުރަ މަސައްކަތުން 2006 ވަނަ އަހަރު ވަނީ މަދަރުސާގެ ސުޕަވައިޒަރ ގެ މަޤާމް ލިބިފައެވެ. ނަމަވެސް ދޮންބެ ވަނީ  އެއަހަރުގެ މެދުތެރެއިން، ވަޒީފާއިން ނުކެނޑި މާލެގޮސް އިސްލާމް ޓީޗިންގ އިން ޑިޕޮލޮމާ ނަގާފައެވެ. އަދި 2007 ގައި އެނބުރި ރަށަށް އެނބުރި އައިސް އަނެއްކާވެސް ރަށު ސުކޫލަށް ޙިދުމަތަ ކުރައްވަން ފެއްޓެވިއެވެ. އެއަށްފަހު 2010 ވަނަ އަހަރު މުދައްރިސެއްގެ މަޤާމުން ވަކިވެ އިސްލާމް ޓީޗިންގ ޑިގްރީ ހެދުމަށް މާލެ ދިޔައެވެ. އެކޯސް 2011 ވަނަ އަހަރު ނިންމުމަށް ފަހު އެބުރި ރަށަށް އައެވެ. 2012 ވަނަ އަހަރު އަލުން ސުކޫލާ ގުޅި މިހާރު ދަނީ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ދޮންބެ އަކީ މިހާރު އިހަވަންދޫ މަދަރުސާގެ 'ކޮލިފައިންގ ލީޑިން ޓީޗާރ' އކެވެ. ދޮންބެ މިހާރު އާއްމު ގޮތެއްގައި ކިޔަވައި ދެއްވަނީ ގުރޭޑް 10 11 އަދި 12 އަށް އިސްލާމް އެކަންޏެވެ.

ދޮންބެ އަކީ އިހަވަންދޫ އަށްވެސް ވަރަށް އަގުހުރި ޙިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އިހަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ 'ސެކްޓަރީކަން' ކުރެއްވިއެވެ. އަދި 2002 ވަނަ އަހަރު އެ ޖަމިއްޔާގެ 3 ވަނަ ދައުރުގެ ރައީސްކަން ކުރެއްވިއެވެ. އަދި މިހާރުވެސް ހުކުރު ނަމާދް އިމާމްވެ ކުރައްވާ މުދިމެކެވެ.
އަޙްމަދު ރަޝީދު ފުރަތަމަ ޒަވާޖީ ހަޔާތުގެ ގޮތުން ގުޅިވަޑައިގަތީ 2001 ވަނަ އަހަރު، ހއ އިހަވަންދޫ ފުނަމާގޭ ޝަމީމާ އަބުދުއް ސައްތާރާއެވެ. އެއީ ދޮންބެގެ އުމުރުން 26 އަހަރުގައެވެ. މި ދެމަފިރިންނަށް 2 ކުދިން ލިބިވަޑައިގަތެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ދޮންބެގެ ހަޔާތުގައި އެއްމެ ދެރަވި ދުވަހަކީ ދޮންބެގެ ލޮބުވަތި މަންމަ ނިޔާވި ދުވަހެވެ. އަދި އެއްމެ އުފާވި ދުވަހަކީ ފުތަރަމަ ދަރިފުޅު ލިބުނު ދުވަހެވެ. އެއްމެ މީރު ކެއުމަކީ ގަރުދިޔަ އާއި ބަތާއި ލޮނުމިރުހޭ ބުނާ ދޮންބެ އެއްމެ ދެކެން ބޭނުންވާ ދުވަހަކީ އިސްލާމުން 'ޕީ އެޗް ޑީ' ނެގޭނެ ދުވަހެކެވެ.

އަޙްމަދު ރަޝިދަކީ ހއ އިހަވަންދޫ އަށް އަގު ނުކުރެވޭ ފަދަ ހިދުމަތް ތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އިޖުތިމާޢީ ޙިދުމަތް ތެރިއެކެވެ. ހީވާގި މުރާލި ބޭފުޅެކެވެ. އިސްލާމްދީނާއި އިލްމަށް ލޯބި ކުރައްވާ ޝަޙްޝިއްޔަތެކެވެ. ދޮންބެގެ އިލްތިމާސް އަކީ ދިމާވާ ކަންތައްތަކުގައި ކެތްތެރިވެ، އަބަދުވެސް މަރުމަތިން ހަދާންކޮށް ﷲ ސުބުހާނަހީ ވަތަޢާލާ އެމީހަކު ދުނިއެއަށް ފުނުވި ބޭނުން ފުރިހަމަކުރާ މީހަކަށް ވާށެވެ. އަދި ކޮންމެ މީހަކުވެސް ކައްވަލަށް ދާންދެން ކިޔެވުމުގައި ދެމި ތިބޭށޭވެ.


Comments

Popular posts from this blog

ރައިވަރުގެ ދޭހަވާ މާނަ

ލަކުޑި ފޮތުގެ 5 ވަނަ ރައިވަރު ޅެފުރޮވި ނުގޮސް އަޅޭ       (އެޅޭ ފުރޮޅެވި ނުގޮސް) ތެދުފުޅެއްދުކަން ތޯލިބޭ        (ތެދުކަންފުޅެއް ލިބޭތޯ) ނެފުނަރު ދެތިބެވަޑީނޭ       (ވަޑީނޭ ފުނަރުދެނެތިބެ) މެފުރަތަމަވެސް ކޮށާށޭ       (ފުރަތަމަވެސް މެކޮށާށޭ) ގެފުރޯވަފަން ބަލައި ރުހުރި (ފުރޯގެހުރި ފަންވަރުބަލައި) ދެފުށަށް ކީލި ވަކަރުހުރި      (ކީލި ދެފުށަށް ހުރި ވަކަރު)

ހއ އިހަފަރު ފަޅު މަރާމަތު ކުރުމުގެ މަސައްކަތް ރައްޔިތުން ނިކުމެ ހުއްޓުން

ތަޢާރަފް 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ އެކި ރަށްރަށަށް ވަނީ ވަރަށް ބޮޑެތި ގެއްޅުންތަކެއް ވެފައެވެ. އެގޮތުން ހއ އިހަފަރުގެ ފަޅުވަނީ ވަރަށް ބޮޑަށް ގެއްލުންވެ ހަލާކުވެފައެވެ. ސައުދީ ސަރުކާރުން ދިން ހިލޭ އެހީގައި މި ފަޅު މަރާމާތު ކުރަމުން ދަނިކޮށް، މި މަސައްކަތް ކުރަމުންދާ ގޮތާއިމެދު އެރަށު ރައްޔިތުން ހިތްހަމަ ނުޖެހިގެން އެމަސައްކަތް ވަނީ ހުއްޓުވާފައެވެ. މިއީ މިނިސްޓުރީ އޮފް ހައުސިންގެ ފަރާތުން މި މައަސަލަ ހިނގައިދިޔަގޮތް ދިރާސާކުރުމަށް އެކުލަވާލި ކޮމެޓީގެ ފަރާތުން އެ ކޮމެޓީގެ ރައީސް ޝިފާޒް އިބުރާހީމް އެ ރަށަށް ގޮސް މިކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓް ބިނާވެފައިވަނީ މަސައްކަތާއި މެދު ރައްޔިތުން ނުރުހެން ދިމާވި ސަބަބުތަކާއި، ރައްޔިތުންގެ މިހާރުގެ ހާލަތާއި، ފަޅުހެދުން ހުއްޓިފައި ވާތީ އާއްމު ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، ފަޅުހެދުމުގެ ކަންތައްތައް ހަވާލު ކުރި ފަރާތާއި، ފަޅު ހެދުމުގެ ކަންތައްތައް  މީގެ ކުރިން ހިނގައިފައިވާ ގޮތުގެ މައްޗަށެވެ.