Skip to main content

ރައިވަރުގެ ދޭހަވާ މާނަ





މުޑަނަ ފޮތުގެ 23 ވަނަ ރައިވަރު
ދޫލިބުނުމުން ތުޅާ       (ތުޅާދޫ ނުލިބުމުން)
ދޫވާށިތޯ ފަހެ ކިހާ        (ފަހެ ކިހާ ދޫވާށި ތޯ)
ދޫމިލްކު ނުވިއަސް ހިތާ (ހިތާދޫ މިލްކުނުވިއަސް)
ދޫނިދޫވެސް ނެތީމާ       (ދޫނިދޫވެސް ނެތީމާ)
ދޫގޮއިގެޔާ އުޅޭ ހިރުނު   (ގޮއިދޫގޮޔާ ނުރުހިއުޅޭ)
ދޫމަތި މީހުތާހިރުނު       (ދޫމަތި ނުތާހިރު މީހު)
ދޭހަވާ މާނަ:
މީހެއްގެ އަމިއްލަ އުފަންވީ ރަށުން އެ މީހަކަށް އިޙްތިރާމަ ނުކޮށްފިނަމަ، އެހެން ރަށަކުން ވެސް އެ މީހަކަށް އިޙްތިރާމެއް ނުކުރާނެކަން.

Comments

Popular posts from this blog

ރައިވަރުގެ ދޭހަވާ މާނަ

ލަކުޑި ފޮތުގެ 5 ވަނަ ރައިވަރު ޅެފުރޮވި ނުގޮސް އަޅޭ       (އެޅޭ ފުރޮޅެވި ނުގޮސް) ތެދުފުޅެއްދުކަން ތޯލިބޭ        (ތެދުކަންފުޅެއް ލިބޭތޯ) ނެފުނަރު ދެތިބެވަޑީނޭ       (ވަޑީނޭ ފުނަރުދެނެތިބެ) މެފުރަތަމަވެސް ކޮށާށޭ       (ފުރަތަމަވެސް މެކޮށާށޭ) ގެފުރޯވަފަން ބަލައި ރުހުރި (ފުރޯގެހުރި ފަންވަރުބަލައި) ދެފުށަށް ކީލި ވަކަރުހުރި      (ކީލި ދެފުށަށް ހުރި ވަކަރު)

ޚިދުމަތްތެރި މުދައްރިސެއް...

އަޙުމަދު ރަޝީދަކީ ހއ . އިހަވަންދޫ ޖާމީލާ އާދަމް އާއި މުހައްމަދު ޔޫސުފް ( ސިއްތި ތުއްތު ) ގެ ހަތަރު ވަނަ ދަރިފުޅެވެ . އެދެމަފިރިންނަށް ހަތް ދަރިން ލިބިފައިވައިރު އެ އާއިލާގެ ހަމައެކަނި ފިރިހެންދަރިފުޅަކީ އަޙްމަދު ރަޝީދެވެ . ދެން ތިބެނީ ހުސް  އަންހެންދަރިންނެވެ . އަޙްމަދު ރަޝީދު އުފަންވެ ވަޑައިގަތީ 5 ފެބުރުއަރީ 1974 ގައެވެ . އެރަށުގައި އަޙްމަދު ރަޝީދު މަޝްހޫރު ވެފައިވަނީ ދޮންބެގެ ނަމުންނެވެ .

ހއ އިހަފަރު ފަޅު މަރާމަތު ކުރުމުގެ މަސައްކަތް ރައްޔިތުން ނިކުމެ ހުއްޓުން

ތަޢާރަފް 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ އެކި ރަށްރަށަށް ވަނީ ވަރަށް ބޮޑެތި ގެއްޅުންތަކެއް ވެފައެވެ. އެގޮތުން ހއ އިހަފަރުގެ ފަޅުވަނީ ވަރަށް ބޮޑަށް ގެއްލުންވެ ހަލާކުވެފައެވެ. ސައުދީ ސަރުކާރުން ދިން ހިލޭ އެހީގައި މި ފަޅު މަރާމާތު ކުރަމުން ދަނިކޮށް، މި މަސައްކަތް ކުރަމުންދާ ގޮތާއިމެދު އެރަށު ރައްޔިތުން ހިތްހަމަ ނުޖެހިގެން އެމަސައްކަތް ވަނީ ހުއްޓުވާފައެވެ. މިއީ މިނިސްޓުރީ އޮފް ހައުސިންގެ ފަރާތުން މި މައަސަލަ ހިނގައިދިޔަގޮތް ދިރާސާކުރުމަށް އެކުލަވާލި ކޮމެޓީގެ ފަރާތުން އެ ކޮމެޓީގެ ރައީސް ޝިފާޒް އިބުރާހީމް އެ ރަށަށް ގޮސް މިކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓް ބިނާވެފައިވަނީ މަސައްކަތާއި މެދު ރައްޔިތުން ނުރުހެން ދިމާވި ސަބަބުތަކާއި، ރައްޔިތުންގެ މިހާރުގެ ހާލަތާއި، ފަޅުހެދުން ހުއްޓިފައި ވާތީ އާއްމު ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، ފަޅުހެދުމުގެ ކަންތައްތައް ހަވާލު ކުރި ފަރާތާއި، ފަޅު ހެދުމުގެ ކަންތައްތައް  މީގެ ކުރިން ހިނގައިފައިވާ ގޮތުގެ މައްޗަށެވެ.