ތަޢާރަފް
2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ރާއްޖެއަށް
ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ އެކި ރަށްރަށަށް ވަނީ ވަރަށް ބޮޑެތި
ގެއްޅުންތަކެއް ވެފައެވެ. އެގޮތުން ހއ އިހަފަރުގެ ފަޅުވަނީ ވަރަށް ބޮޑަށް
ގެއްލުންވެ ހަލާކުވެފައެވެ. ސައުދީ ސަރުކާރުން ދިން ހިލޭ އެހީގައި މި ފަޅު
މަރާމާތު ކުރަމުން ދަނިކޮށް، މި މަސައްކަތް ކުރަމުންދާ ގޮތާއިމެދު އެރަށު
ރައްޔިތުން ހިތްހަމަ ނުޖެހިގެން އެމަސައްކަތް ވަނީ ހުއްޓުވާފައެވެ. މިއީ
މިނިސްޓުރީ އޮފް ހައުސިންގެ ފަރާތުން މި މައަސަލަ ހިނގައިދިޔަގޮތް ދިރާސާކުރުމަށް
އެކުލަވާލި ކޮމެޓީގެ ފަރާތުން އެ ކޮމެޓީގެ ރައީސް ޝިފާޒް އިބުރާހީމް އެ ރަށަށް
ގޮސް މިކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓް
ބިނާވެފައިވަނީ މަސައްކަތާއި މެދު ރައްޔިތުން ނުރުހެން ދިމާވި ސަބަބުތަކާއި،
ރައްޔިތުންގެ މިހާރުގެ ހާލަތާއި، ފަޅުހެދުން ހުއްޓިފައި ވާތީ އާއްމު
ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، ފަޅުހެދުމުގެ ކަންތައްތައް ހަވާލު ކުރި
ފަރާތާއި، ފަޅު ހެދުމުގެ ކަންތައްތައް މީގެ ކުރިން ހިނގައިފައިވާ ގޮތުގެ
މައްޗަށެވެ.
ފަޅު ހެދުމުގެ
ކަންތައްތައް ހަވާލު ކުރި ފަރާތް އަދި ކުރާނެ ކަންތައްތައް
ހއ އިހަފަރު ފަޅު
މަރާމަތު ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ 2010 ނޮވެމްބަރ 10 ވީ ހުކުރު
ދުވަހު އުވަދޯނި ކޮންސްޓުރެކްޝަނާ ހަވާލު ކޮށްފައެވެ. މި އެއްބަސް ވުމުގައި ވާ
ގޮތުން މަސައްކަތް ފަށާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހު ތެރޭގައި މަސައްކަތް
ނިންމައްޖެހެއެވެ. މި އެއްބަސްވުމުގެ ދަށުން ހއ އިހަފަރު ފަޅު ފުންކުރުމާއި، ފަޅު
ބޮޑުކޮށް، އަދި ފަޅުގެ ދެފަރާތުން ރިވެޓްމެންޓް ޖަހަން އުވަދޯނި
ކޮންސްޓުރަކްޝަނަށް ޖެހެއެވެ.
ރައްޔިތުން މަސައްކަތާއި
މެދު ނުރުހެން ދިމާވި ސަބަބުތަށް
ހއ އިހަފަރު ފަޅު
މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓެން ދިމާވީ އެ މަސައްކަތް ކުރަން
ހަވާލުވެފައިވާ އުވަދޯނި ކޮންސްޓުރަކްޝަނުން ރައްޔިތުންގެ އެއްވެް ހިޔާލެއް
ނުހޯދައި އެ މީހުން ބޭނުން ގޮތަކަށް އެމަސައްކަތް ކުރަމުންދާތީކަމަށް މި ކަމުގައި
އިސްކޮން ހަރަކާތްތެރިވާ އެރަށު "ރީފް ޑިވެލޮޕްމަންޓު އޮފް އިހަފަރު" މި
ޖަމިއްޔާގެ މީޑިޔާ ކޯޑިނޭޓރ އަލްފާޟިލް އަހްމަދު ސައްތާރު މައުލޫމާތުދިނެވެ. އަދި
އިތުރަށް މައުލޫމާތު ދިން ގޮތުގައި އެ ކޮންސްޓުރަކްޝަނުން އެރަށު އެއްވެސް
ޖަމިއްޔާއަކާ މަޝްވަރާ ނުކުރާކަމަށާއި އެ މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރުން
ވެފައިވާ އެއްބަސްވުމާއި ހިލާފަށް ކަމަށެވެ. ނަމަވެސް އުވަދޯނި ކޮންސްޓުރަކްޝަނުން
މިކަން ދޮގުކުރެއެވެ. އެ ޖަމިއްޔާގެ މެނޭޖިނގ ޑިރެކްޓަރ މައުލޫމާތު ދިން ގޮތުގައި
އެމީހުން ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރާއި ދެމެދު
ވަފައިވާ އެއްބަސްވުމާއި އެއްގޮތަށެވެ.
ރައްޔިތުންގެ މިހާރުގެ
ހާލަތު
އިހަފަރު ފަޅު މަރާމާތު
ކުރުމުގެ މަސްކަތާމެދު ހިތްހަމަނުޖެހިގެން އެރަށު ރައްޔިތުންވަނީ އެކަން
ހުއްޓުވުމުގެ ގޮތުން، ރަށުގެ ބަނދަރުމަތީގައި މުޒާހަރާ ކުރަން ފަށައިފައެވެ.
އެމީހުން މުޒާހަރާ ކުރާތާ މިހާރު 5 ދުވަސް ވެއްޖެކަމަށް އެރަށު ރައްޔިތުން
މައުލޫމާތު ދެއެވެ. މި ކޮމެޓީއަށް މައުލޫމާތުދިން އެތަނުގައި އިސްކޮން އުޅުނު
މީހަކު ބުނިގޮތުގައި އެމީހުން އެތަނުން ދާނީ، ރައްޔިތުން ބޭނުންވާ ގޮތަށް އެމަސައްކަތް ކުރުމަށް ސަރުކާރުންނާއި އުވަދޯނި
ކޮންސްޓުރަކްޝަނުން އެމީހުންނަށް ޔަޤީންކަން ދިނުމުންނެވެ. މުޒާހަރާ
ކުރާމީހުންވަނީ އެތާގައި ކޭމްޕް ޖަހައި އެތާގައި ކައިބޮއި، ނިދައި ހަދާފައެވެ.
މުޒާހަރާގައި ރަށުގެ ގިނައަދަދެއްގެ ޒުވާނުންނާއި ހަރުމީހުން ބައިވެރިވާކަން
ފާހަޤަ ކޮށްލެވެއެވެ.
ފަޅު މަރާމަތުކުރުމުގެ
ކަންތައްތައް ހުއްޓިފައިވާތީ ދިމާވާ ދަތިތަށް
ހއ އިގަފަރު ފަޅު
މަރާމަތުކުރުމުގެ މަސައްކަތް ހުއްޓިފައިވާތި އެރަށު ރައްޔިތުންނަށް ވަނީ
އެކިކަހަލަ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެއްމެ ބޮޑު ދައްޗަކީ
ލަފާފުރުމުގައި ދިމަވާ އުދަނގޫ ތަކެވެ. އަދި ފަޅު ރަގަނޅަށް ނުހެދުމުގެ ސަބަބުން
ދޯނިފަހަރު ރަގަނޅަށް ނޭޅެވޭތީ ދޯނިތަކަށް ގެއްލުންވާކަމުގެ ސަކުވާ
ލިބެމުންދާކަމަށް އެރަށު ރަށު ކައުންސިލްގެ ރައީސް އަބުދުﷲ އަލީ މައުލޫމާތުދެއެވެ.
އަދި މީގެ އިތުރުން އެފަރާތުން މައުލޫމާތުދިން ގޮތުގައި ފަޅުގެ ދެ ފަރާތުން
ރިވެޓްމެންޓް ޖެހުން ލަސްވަމުންދާތީ ރަށް ވަރާށް ބޮޑަށް ގިރަމުންދާކަމަށެވެ.
މީގެ ކުރިން ފަޅު
ހެދުމުގެ ކަންތަށް ދިޔަ ގޮތް
ހއ އިހަފަރުގެ ފަޅު
ފުރަތަމަ ފުންކުރެވުނީ 1990 ވަނަ އަހަރުގަ ކަމަށް ދިރާސާތަކުން ދައްކައެވެ. މި
މަސައްކަތް ކުރެވުނީ ސިދާ ރައްޔިތުންގެ ބެލުމުގެ ދަށުން އެމީހުންގެ އަމިއްލަ
މާލިއްޔަތުން ހަރަދު ކޮށްގެންނެވެ. ނަމަވެސް ޤުދުރަތީ ސަބަބުތަކާއި ހެދި ފަޅަށް
ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން 2000 ވަނަ އަހަރު 'އެމް ޓީ ސީ ސީ' އާ
ސަރުކާރުން އެރަށު ފަޅުހެދުމުގެ މަސައްކަތް ހަވާޅުކުރިއެވެ. އަދި އެމީހުން ވަނީ
2001 ވަނަ އެމަސައްކަތް ނިންމާފައެވެ.
ނިންމުން
ހއ އިހަފަރު ފަޅު
މަރާމަތުޖކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ އެތަކެއް ރައްޔިތުންގެގެ އަސާސީ
ހިދުމަތްތަކެއް ވަނީ ގެއްޅިފައެވެ. އަދި ރަށަށް ލިބެން އޮތް އެތަކެއް ތަރައްޤީއެއް
މިވަނީ ހުއްޓިފައެވެ. އަދި ރަށުގެ އަމަންކަމަށް މިވަނީ ބުރޫ އަރާފައެވެ. މި
ކަމުގައި އެރަށުގެ، ރަށު ކައުންސިލްގެ އިޙްމާލް ބޮޑުކަމަށް މި ކޮމެޓިއަށް
ފާހަޤަކުރެވުނެވެ. އަދި އުވަދޯނި ކޮންސްޓުރަކްސަނުގެ ވެސް މިކަމުގައި އިހްމާލް
ވެފައިވާކަން ފާހަޤަ ކުރެވުނެވެ. އަދި މިކަމަށް އޮތް ހައްލަކީ ރަށުގެ
ރައްޔިތުންގެވެސް ހިޔާލް ހޯދައި އެމީހުން ބޭނުންވާ ގޮތަށް މަސައްކަތް ކުރުމެވެ.
ހުރިހާ ރައްޔިތުންނާއި ސަރުކާރުންނާއި އުވަދޯނި ކޮންސްޓުރަކްސަނާއި ރަށު
ކައުންސިލުން މި ކަމުގައި އެއްބާރުލުން ދީ މިމަސައްކަތް ނިންމަވާލުމަކީ މި
ކޮމެޓީގެ ވަރަށް ބޮޑު އިލްތިމާސްއެކެވެ.
0 comments :
Post a Comment