ތަޢާރަފް 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ އެކި ރަށްރަށަށް ވަނީ ވަރަށް ބޮޑެތި ގެއްޅުންތަކެއް ވެފައެވެ. އެގޮތުން ހއ އިހަފަރުގެ ފަޅުވަނީ ވަރަށް ބޮޑަށް ގެއްލުންވެ ހަލާކުވެފައެވެ. ސައުދީ ސަރުކާރުން ދިން ހިލޭ އެހީގައި މި ފަޅު މަރާމާތު ކުރަމުން ދަނިކޮށް، މި މަސައްކަތް ކުރަމުންދާ ގޮތާއިމެދު އެރަށު ރައްޔިތުން ހިތްހަމަ ނުޖެހިގެން އެމަސައްކަތް ވަނީ ހުއްޓުވާފައެވެ. މިއީ މިނިސްޓުރީ އޮފް ހައުސިންގެ ފަރާތުން މި މައަސަލަ ހިނގައިދިޔަގޮތް ދިރާސާކުރުމަށް އެކުލަވާލި ކޮމެޓީގެ ފަރާތުން އެ ކޮމެޓީގެ ރައީސް ޝިފާޒް އިބުރާހީމް އެ ރަށަށް ގޮސް މިކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓް ބިނާވެފައިވަނީ މަސައްކަތާއި މެދު ރައްޔިތުން ނުރުހެން ދިމާވި ސަބަބުތަކާއި، ރައްޔިތުންގެ މިހާރުގެ ހާލަތާއި، ފަޅުހެދުން ހުއްޓިފައި ވާތީ އާއްމު ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، ފަޅުހެދުމުގެ ކަންތައްތައް ހަވާލު ކުރި ފަރާތާއި، ފަޅު ހެދުމުގެ ކަންތައްތައް މީގެ ކުރިން ހިނގައިފައިވާ ގޮތުގެ މައްޗަށެވެ.