Skip to main content

Posts

Showing posts from October, 2013

ހއ އިހަފަރު ފަޅު މަރާމަތު ކުރުމުގެ މަސައްކަތް ރައްޔިތުން ނިކުމެ ހުއްޓުން

ތަޢާރަފް 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ އެކި ރަށްރަށަށް ވަނީ ވަރަށް ބޮޑެތި ގެއްޅުންތަކެއް ވެފައެވެ. އެގޮތުން ހއ އިހަފަރުގެ ފަޅުވަނީ ވަރަށް ބޮޑަށް ގެއްލުންވެ ހަލާކުވެފައެވެ. ސައުދީ ސަރުކާރުން ދިން ހިލޭ އެހީގައި މި ފަޅު މަރާމާތު ކުރަމުން ދަނިކޮށް، މި މަސައްކަތް ކުރަމުންދާ ގޮތާއިމެދު އެރަށު ރައްޔިތުން ހިތްހަމަ ނުޖެހިގެން އެމަސައްކަތް ވަނީ ހުއްޓުވާފައެވެ. މިއީ މިނިސްޓުރީ އޮފް ހައުސިންގެ ފަރާތުން މި މައަސަލަ ހިނގައިދިޔަގޮތް ދިރާސާކުރުމަށް އެކުލަވާލި ކޮމެޓީގެ ފަރާތުން އެ ކޮމެޓީގެ ރައީސް ޝިފާޒް އިބުރާހީމް އެ ރަށަށް ގޮސް މިކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓް ބިނާވެފައިވަނީ މަސައްކަތާއި މެދު ރައްޔިތުން ނުރުހެން ދިމާވި ސަބަބުތަކާއި، ރައްޔިތުންގެ މިހާރުގެ ހާލަތާއި، ފަޅުހެދުން ހުއްޓިފައި ވާތީ އާއްމު ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، ފަޅުހެދުމުގެ ކަންތައްތައް ހަވާލު ކުރި ފަރާތާއި، ފަޅު ހެދުމުގެ ކަންތައްތައް  މީގެ ކުރިން ހިނގައިފައިވާ ގޮތުގެ މައްޗަށެވެ.

ރައިވަރުގެ ދޭހަވާ މާނަ

މުޑަނަ ފޮތުގެ 23 ވަނަ ރައިވަރު ދޫލިބުނުމުން ތުޅާ        (ތުޅާދޫ ނުލިބުމުން) ދޫވާށިތޯ ފަހެ ކިހާ         (ފަހެ ކިހާ ދޫވާށި ތޯ) ދޫމިލްކު ނުވިއަސް ހިތާ (ހިތާދޫ މިލްކުނުވިއަސް) ދޫނިދޫވެސް ނެތީމާ        (ދޫނިދޫވެސް ނެތީމާ) ދޫގޮއިގެޔާ އުޅޭ ހިރުނު    (ގޮއިދޫގޮޔާ ނުރުހިއުޅޭ) ދޫމަތި މީހުތާހިރުނު        (ދޫމަތި ނުތާހިރު މީހު)

ރައިވަރުގެ ދޭހަވާ މާނަ

ލަކުޑި ފޮތުގެ 5 ވަނަ ރައިވަރު ޅެފުރޮވި ނުގޮސް އަޅޭ       (އެޅޭ ފުރޮޅެވި ނުގޮސް) ތެދުފުޅެއްދުކަން ތޯލިބޭ        (ތެދުކަންފުޅެއް ލިބޭތޯ) ނެފުނަރު ދެތިބެވަޑީނޭ       (ވަޑީނޭ ފުނަރުދެނެތިބެ) މެފުރަތަމަވެސް ކޮށާށޭ       (ފުރަތަމަވެސް މެކޮށާށޭ) ގެފުރޯވަފަން ބަލައި ރުހުރި (ފުރޯގެހުރި ފަންވަރުބަލައި) ދެފުށަށް ކީލި ވަކަރުހުރި      (ކީލި ދެފުށަށް ހުރި ވަކަރު)

ޚިދުމަތްތެރި މުދައްރިސެއް...

އަޙުމަދު ރަޝީދަކީ ހއ . އިހަވަންދޫ ޖާމީލާ އާދަމް އާއި މުހައްމަދު ޔޫސުފް ( ސިއްތި ތުއްތު ) ގެ ހަތަރު ވަނަ ދަރިފުޅެވެ . އެދެމަފިރިންނަށް ހަތް ދަރިން ލިބިފައިވައިރު އެ އާއިލާގެ ހަމައެކަނި ފިރިހެންދަރިފުޅަކީ އަޙްމަދު ރަޝީދެވެ . ދެން ތިބެނީ ހުސް  އަންހެންދަރިންނެވެ . އަޙްމަދު ރަޝީދު އުފަންވެ ވަޑައިގަތީ 5 ފެބުރުއަރީ 1974 ގައެވެ . އެރަށުގައި އަޙްމަދު ރަޝީދު މަޝްހޫރު ވެފައިވަނީ ދޮންބެގެ ނަމުންނެވެ .